18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ވޯޓާސް ލިސްޓް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޮޅުވާލެއްވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެެއެެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއިި އަންހެނުން ގޮފީގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9 އަކުން ހަވީރު 4 ކަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު މޫސާ މަނިކު ވިދާޅުވީ އޭނާ ޗެއާޕާސަންގެ މަގާމުގައި ހުންނެވިއިރު 18 ވަނަ މަޖިލީހަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ވޯޓްލުން ފެށުމާއެކު ވޯޓާސް ލިސްޓާއި މެދު އާންމުންގެ ޝަކުވާ ބޮޑުވެ ވޯޓްލުން ހުއްޓާލަންޖެހުނު ކަމަށެވެ.



"ނަޝީދު ލިސްޓްތައް ގެންގޮސް ކެނެރީގޭގައި އޮފީހެއް ހަދައިގެން އޮޅުވާލި، މާދަން ކިހާވަރެއްވާނެބާ؟" ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވިއެެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އެދެބޭފުޅުންގެ މެދުގައެެވެ.



ކިޔުންތެރިންގެ ހިޔާލު