މަސްތުގެ ހާލުގައިހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބިދޭސީއަކު މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެެވެ.

ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޖިންސީ ގުނަވަން ދައްކައިގެން އަންހެނުންތަކެއް ފަހަތުން ދުވި ބިދޭސީއެއް ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު