އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަނުކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާތަނަށް ވިދާޅުވެފައި ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ، 2023ގެ އިންތިހާބުގައި ރައީސް ސާލިހު ވާދަނުކުރައްވާނެކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެރިކަމުގެ ދެ ވަނަ ދައުރަކަށް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ނިންމަވާ ގޮތެއް ހާމަކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވާދަކުރައްވަފާނެ ކަމަކަށް ލަފާފުޅެއް ނުކުރެއްވޭ ކަަމަށެވެ.
"އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނުކުންނަވާނެ ކަމަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
2023ގެ އިންތިހާބުގައި ރައީސް ސާލިހު ވާދަނުކުރައްވާނެކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ.
ދެ ވަނަ ދައުރަކާ ގުޅޭގޮތުން ރައީސް ސާލިހާ ނޫސްވެރިން ސުވާލު ކުރުމުން އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެކަމާ މެދު އެމަނިކުފާނު ނުވިސްނަވާކަމަށާއި، އެންމެ އިސްކަމެއް ދެއްވަނީ ވައުދުތައް ފުއްދެވުމަށް ކަަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު