ޕެރަގުއޭގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޕެރަގުއޭގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވީ، އެޤައުމު ހާރިޖީ ވަޒީރު ޖޫލިއޯ އެރިއޯލާއަށް ފޮނުއްވި މެސެޖުގައެވެ.

ޝާހިދުގެ މެސެޖުގައި ޕެރެގުއޭގެ 211 ވަނަ މިިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައްޔިތުންނާއި ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައި ވެއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން ބަދަހިވާނެކަމަށް ޔަގީންކުރައްވާކަމަށެވެ.

ޕެރަގުއޭއަށް މިނިވަންކަން ލިބުނީ 1811 ވަނަ އަހަރުގެ މޭ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު