އެމްޑީޕީ މެމްބަރުން ނިކުމެ މިއަދު ދިން ވޯޓަކީ ސަރުކާރާއި ޕާޓީ އެކުގައި ގޮސް 2023 ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިންތި ބަލިކުރައްވައި ބޮޑު ތަފާތަކުން ފައްޔާޒު ވަނީ އިންތިޚާބު ކާމިޔާބުކުރަށްވާފައެވެ. ފައްޔާޒު ވަނީ އިންތިޚާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. އިންތި އަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރައްވައި އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ވައުދުތައް މަތީގައި އޭނާ ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމަށެވެ. މިއީ އެމްޑީޕީ މެމްބަރުން އެދުނު ގޮތަށް ޕާޓީ ހިންގާލަން ދިން ވޯޓެއްކަށް ފައްޔާޒު ވިދާޅުވިއެވެ.



"އެމްޑީޕީގެ މެމްބަރުން މިއަދު މިދިން ވޯޓަކީ މި ޕާޓީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބުކޮށް މެމްބަރުން އެދުނު ގޮތަށް މި ޕާޓީ ހިންގާލަން ދިން ވޯޓެއް،" ފައްޔާޒް ވިދާޅުވި އެވެ.

ބޮޑު ތަފާތަކުން ފައްޔާޒު އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމް ކާމިޔާބު ކުރެއ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންތިޚާބުވެވަޑައިގެންފައެވެ. އަންހެނުންގެ ރޫހުގެ ރައީސްކަން ރޮޒެއިނާ ކާމިޔާބު ކުރެެއްވީ އޭނާ އާއި ވާދަކުރެއްވި ސަފާތު އަހުމަދު ބޮޑު ތަފާތުން ބަލި ކުރެއްވުމަށްފަހުއެވެެ.

ވޯޓު ފޮށިތަކުން ރޮޒެއިނާ 65 ޕަސެންޓް ހޯއްދެވިއިރު ސަފާތަށް ލިބިވަޑައިގަތީ 35 ޕަސެންޓް ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު