ކޯލިޝަންގެ ލީޑަރުން ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއެކު ގައުމަށް ހެއު ގޮތް ހޯދޭނެ ކަަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިހެން ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބަލިކުރަށްވައި ރައީސް ސާލިޙުގެ ތާއިދާއެކު ވާދަކުރެއްވި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ފައްޔަ) އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވަމުންނެވެ. ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތު ތަކަކީ މުޅި ގައުމާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަން ކަމަށެވެ. ކޯލިޝަން ލީޑަރުން ގުޅިގެން ރައީސް ސާލިޙާއެކު ގައުމަށް ހެއު ގޮތް ހޯދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ރައީސް ސާލިޙާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ގައުމާއި ރައްޔިތުންނަށް ހެއުގޮތްތަށް ހޯދޭނެ،" ފައްޔާޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އިމްރާން ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ފައްޔާޒު ވިދާޅުވީ އެމްޑީޕީ މެމްބަރުން ނިކުމެ އިއްޔެ ދިން ވޯޓަކީ ސަރުކާރާއި ޕާޓީ އެކުގައި ގޮސް 2023 ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށެވެ. ވޯޓުން ހާމަވީ ރައީސް ސާލިޙަށް އޮތް އިތުބާރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓް ހޯއްދަވައިގެންނެެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއިން ފައްޔާޒު ވަނީ 28520 ވޯޓު ހޯއްދަވާފައެވެ. އޭނާ އާއި ވާދަކުރި އިންތި އަށް ލިބިވަޑައިގަތީ 20855 ވޯޓެެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ.

Baeh haalaiy thakugai siyāsy party thakuge ethereyge maslahathu thakaky mulhi qauma rayyithunge maslahathā gulhun huri kan kan.
— Imran Abdulla (@ShimranAb) May 14, 2022
Iraadha kurevviyya RJ @ibusolih aa eku coalition partythah ekugai masakkaiy koh qauma rayyithunnah heyo goiythah hoadheyne. Maruhaba @faya_i adhi MDP.
"ރައީސް ސާލިޙާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ގައުމާއި ރައްޔިތުންނަށް ހެއުގޮތްތަށް ހޯދޭނެ،" ފައްޔާޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އިމްރާން ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ފައްޔާޒު ވިދާޅުވީ އެމްޑީޕީ މެމްބަރުން ނިކުމެ އިއްޔެ ދިން ވޯޓަކީ ސަރުކާރާއި ޕާޓީ އެކުގައި ގޮސް 2023 ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށެވެ. ވޯޓުން ހާމަވީ ރައީސް ސާލިޙަށް އޮތް އިތުބާރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓް ހޯއްދަވައިގެންނެެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއިން ފައްޔާޒު ވަނީ 28520 ވޯޓު ހޯއްދަވާފައެވެ. އޭނާ އާއި ވާދަކުރި އިންތި އަށް ލިބިވަޑައިގަތީ 20855 ވޯޓެެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ.
ކިޔުންތެރިންގެ ހިޔާލު