މިއީ އެމްޑީޕީގެ އަސާސްތަކުގައި ހިފައިގެން އެއްބައިވަންތަވާންވީ ވަގުތުކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން މަގާމަށް ހޮވިވަޑައިގެންނެވި ފައްޔާޒަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.



ޝާހިދު ވިދާޅުވީ އިންތިޚާބު މިހާރު ނިމިއްޖެކަމަށެވެ. އަދި އެމްޑީޕީއަކީ ރާއްޖެ ކުރިއަށް ގެންދެވޭނެ ހަމައެކަނި ޕާޓީކަމަށާއި، މިއީ އެމްޑީޕީގެ އަސާސްތައް ވަށައިގެން އެކަތިގަނޑަކަށްވާންވީ ވަގުތުކަމަށް ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ މައި ޖަމިއްޔާ އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީން ކާމިޔާބީތައް އަދިވެސް ހޯދަމުންދާނޭކަމަށެވެ.



އެމްޑީޕީގެ ދިގު ސިޔާސީ ތާރީޚުގައި ވެސް އެންމެ ވާދަވެރިމާއެކު ކުރިއަށް ދިޔަ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު މިހާތަނަަށް ސާފު ކުރެވުނު ނަތީޖާއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފައްޔަ) ވަނީ ބޮޑުތަނުން ކުރި ހޯއްދަވާފައެވެ. ފައްޔަގެ ކެމްޕެއިން ޓީމުން މިހާރު ވަނީ އިންތިހާބުގެ ކާމިޔާބީ އިއުލާނު ކޮށްފައެެވެ.

ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެން ދިޔަ މި އިންތިހާބުގެ ކެމްޕޭން ކުރިއަށް ދިޔަތަން ފެނިގެން ދިޔައީ ޕާޓީ ދެ ފެކްޝަނަކަށް ބެހިގެންނެވެ. މި ދެފެކްޝަނުގެ މެދުގައި ވަރަށް ހޫނު ބަހުސްތަކެއް ހިނގައި ބޮޑެތި ތުހުމަތުތައް ވެސް ކުރެވިގެން ދިޔަތަން ފެނިގެން ދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު