ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޣައްދާރުންތަކެއް ފަސާދަކުރަމުންދާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު ރައީސް އަބްދު ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ފޯރިގަދަ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ނިމިފައިވާ ދަނޑިވަޅެއްގައެވެ. މި އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އަނެއްކޮޅުން މިއީ ރައީސް ސާލިހަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބީއެއް ކަމަށް ގިނަބަޔަކު ސިފަކުރެއެވެ.
ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުންނާއި ޣައްދާރުން ރާއްޖޭގައި ވެރިކަމުގެ ނިޒާމު، ފަސާދައިން ފުރިފައިވާ ސިޔާސީ ނިޒާމަކަށް ބަދަލުކުރަމުންދާކަމަށެވެ.
ރައީސް ޔާމީންގެ ޓްވީޓްގައި ސަރުކާރު ތެރޭގައި ތިއްބެވި ބޭފުޅުން ސިފަ ކުރެއްވީ ޕަޕެޓުން ނުވަތަ ގޮނޑިކޮއްކޮތަކެއްގެ ގޮތުގައެވެ. އަދި އެ މީހުންގެ މާސްޓަރ ނުވަތަ ވެރިޔަކަށް ހުރި މީހާގެ ކަންކަން ހުރި ގޮތުން ސަލާމަތްވާން ހަދައިގެން ކޮންމެ މީހަކުވެސް ބޮނޑިބޮނމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެ އެންމެންނަކީވެސް ގައުމަށް ޣައްދާރުވެފައިވާ ބައެއްކަމަށް ރައީސް ޔާމިން ސިފަކުރެއްވިއެވެ.
ރައީސް ޔާމީން ޓްވީޓާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާން ފެއްޓެވި ފަހުން ކުރަށްވާ ގިނަ ޓްވީޓް ތަކުގައި މިހާރުގެ ސަރުކާރު ސިފަކުރަށްވަނީ ގައުމަށް ޣައްދާރުވާ ސަރުކާރެއްގެ ގޮތުގައެވެ. އަދި މިސަރުކާރާ އަވަށްޓެރި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ސިފަކުރައްވަނީ އަޅުވެތި ކަމެއްގެ ގޮތުގައެވެ.

Demonocracy- our warped form of governance has ushered in corrupt politics led by imposters,thieves n traitors.The bellicose puppet master pulls de strings 2 hard; de accomplices fall out one by one seeking redemption😁They are,but traitors all de same.
— Abdulla Yameen (@prz_ymn) May 15, 2022
ރައީސް ޔާމީންގެ ޓްވީޓްގައި ސަރުކާރު ތެރޭގައި ތިއްބެވި ބޭފުޅުން ސިފަ ކުރެއްވީ ޕަޕެޓުން ނުވަތަ ގޮނޑިކޮއްކޮތަކެއްގެ ގޮތުގައެވެ. އަދި އެ މީހުންގެ މާސްޓަރ ނުވަތަ ވެރިޔަކަށް ހުރި މީހާގެ ކަންކަން ހުރި ގޮތުން ސަލާމަތްވާން ހަދައިގެން ކޮންމެ މީހަކުވެސް ބޮނޑިބޮނމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެ އެންމެންނަކީވެސް ގައުމަށް ޣައްދާރުވެފައިވާ ބައެއްކަމަށް ރައީސް ޔާމިން ސިފަކުރެއްވިއެވެ.
ރައީސް ޔާމީން ޓްވީޓާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާން ފެއްޓެވި ފަހުން ކުރަށްވާ ގިނަ ޓްވީޓް ތަކުގައި މިހާރުގެ ސަރުކާރު ސިފަކުރަށްވަނީ ގައުމަށް ޣައްދާރުވާ ސަރުކާރެއްގެ ގޮތުގައެވެ. އަދި މިސަރުކާރާ އަވަށްޓެރި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ސިފަކުރައްވަނީ އަޅުވެތި ކަމެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު