އިންޑިއާ އައުޓް ހުއްޓުވުމުން، އިންޑިއާ މުސްލިމުންގެ ދިފާއުގައި ނުކުންނަން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތައްޔާރުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތް ސަރުކާރުން ހުއްޓުވާފައިވާއިރު، އިންޑިއާ އައުޓް ބެނާތައް ނެގުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުލްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.



އިންޑިއާ މުސްލިމުންގެ ދިފާއުގައި ނުކުންނަން އިދިކޮޅުން ތައްޔާރުވަމުންދާއިރު، "އިންޑިއާ އައުޓް" ހަރަކާތަށް ބާރުލިބޭގޮތަށް ކުރާ ކަންކަން ފުލުހުން ބަލައި ފުލުހުން ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ. އަދި އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅާ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސިޔާސީ ގަރާރެއްވެސް ވަނީ ނެރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު