މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަޤީޤަތަކަށް ވެގެން ދާ ދުވަހެއްކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަން ފެށުމާއި ގުޅިގެން ނެރުއްވި ހިތާބުގައެވެ.
ޝާހިދުގެ ހިތާބުގައި ވިދާޅުވީ މިއަދު ތަންފީޒުކުރަން މި ފަށާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް ރައީސް ސާލިހު ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާއެއްކަމަށެވެ.
ޝާހިދު ވިދާޅުވީ ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސަރވިސްއެއް، އެއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެއްކަމަށެވެ. އަދި މިހުވަފެން ހަގީގަތަކަށް ހެދުމުގެ ދިގު ރާސްތާގައި މަސައްކަތްކުރައްވާފައިވާ އެންމެހާ ބޭފުޅުންގެ ހަނދާން އައުކޮށް އެ އެންމެ ބޭފުޅުންގެ މަސައްކަތްޕުޅުތައް ފާހަގަކޮށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ރާއްޖޭގެ ޚާރިޖިއްޔާގެ މަސައްކަތަކީ ވަކި ސަރވިސްއެއްގެ ދަށުން ހިނގާ މަސައްކަތެއްގެ ގޮތުގައި އިންތިޒާމު ކުރެއްވުމުގެ ތަޞައްވަރު އެންމެ ފުރަތަމަ ގެންގުޅުއްވި ދިވެހި ޚާރިޖިއްޔާގައި އެންމެ ގިނަ ދުވަހު ވަރަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލު(ނ.ޢ.ޢ.ވ)ގެ ނަންފުޅު ޚާއްސަކޮށް މިއަދު އަޅުގަނޑު ފާހަގަކޮށް އެމަނިކުފާނުގެ ޛިކުރާ އާކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ﷲ ޞުބުޙާނަހޫ ވަޠަޢާލާ ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ." ޝާހިދުގެ ހިތާބުގައި ވިދާޅުވިއެވެ.
ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސަރވިސްއެއް ޤާއިމްކުރެވުމުން އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
"ފަސްޓް ލައިން އޮފް ޑިފެންސް އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާސަތަށް އިޙުތިރާމު ކުރުން އިތުރުކުރުމާއެކު ދިވެހިރާއްޖޭން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުމެވެ. މި މަތިވެރި މަސައްކަތުގައި ދިވެހި ޚާރިޖިއްޔާއިން ދެގޮތެއް ނުވެ އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބެންޖެހޭނެއެވެ." ޝާހިދު ވިދާޅުވިއެވެެ.
ޝާހިދު ވިދާޅުވީ ދިވެހި ފޮރިން ސަރވިސްއިން މިއަދު ދެކެމުން މިދަނީ ދިވެހި ޚާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެއްކަމަށެވެ. މިގޮތުން، އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައިވާ ބޮޑު ކާމިޔާބީކަމަށާއި، މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ޚާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާކަމަށް ޝާހިދު ވިދާޅުވިއެވެ.
"ޚާރިޖީ ދާއިރާގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ބިނާކުރުމަށް އަބަދުވެސް އިސްކަމެއްދެއެވެ. 1983 ގައި މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތްފެށިއިރު، މި މިނިސްޓްރީގައި މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ތިއްބެވީ އެންމެ ތިން ބޭފުޅުންނެވެ. ނަމަވެސް، މިއަދު މިމިނިސްޓްރީގައި މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ތިއްބެވި 79 މުވައްޒަފުން އެބަ ތިއްބެވިކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. މިއީ، މިނިސްޓްރީގެ ކެރިއަރ އޮފިސަރުންގެ ގޮތުގައި ޚިދުމަތްކުރައްވަމުންގެންދަވާ މުވައްޒަފުންގެ 64 އިންސައްތައެވެ." ޝާހިދުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު ދިވެހި ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާއިރު ދިވެހި ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށޭވެ. އަދި އެންމެހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމުވެ ކޮންމެ މުވައްޒަފަކަށްވެސް އެމުވައްޒަފެއްގެ ހިންމަތާ މިންނަތް މަސައްކަތުން ޚާރިޖީ ދާއިރާގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދިއުމަކީ ދިވެހި ފޮރިން ސަރވިސްގެ އެންމެ މުހިންމު އެއް ސިފަކަމަށް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު