ހުސް އަތާ ނުކުމެވަޑައިގެން ވާދަކުރަށްވަން ޖެހިވަޑައިގަތީ މުޅި ދައުލަތާއި ނުފޫޒުތަކާއި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.
ސަޕޯޓަރުންނަށް ފޮނުއްވި މެސެޖެއްގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ހުރިހާ ސަޕޯޓަރުން ވެސް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އިންތި ވިދާޅުވީ އޭނާ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ހުސް އަތާ ކަމަށާއި ކުރިމަތިލާން ޖެހުނީ މުޅި ދައުލަތާއި ނުފޫޒުތަކާއި ކަމަށެވެ. އެކަން ހުރިހާ ފަރާތްތަކަށް ވެސް އެނގޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއާއި އެމްޑީޕީ ގަބޫލުކުރާ ކަންތައްތަކުގައި މެމްބަރުން ހިފައްޓައިގެން ތިބެ ވޯޓް ދިނުމަކީ އޭނާ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
"ކުރިމަތިކުރުވި ފިއްތުންތަކާއި ގޮންޖެހުންތަކަށް ބެއްލެވުމެއް ނެތި ތިޔަ ދެއްކެވި ހިތްވަރަށް އައްސަރިބާއި ސާބަސް ދަންނަވަން. ތިޔަ ބޭފުޅުންނާއެކު ތިޔަގޮތުގައި އަބަދުވެސް ދެމިތިބޭނަން.” އިންތިގެ މެސެޖުގައި ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު 58 ޕަސެންޓް ވޯޓާއެކު ކާމިޔާބު ކުރެއްވީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.
އިންތި މިއަދު ވަނީ ބަލި ގަބޫލުކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާާޒަށް މަރުހަބާ ވިދާޅުވެފައެވެ. އިންތި ވިދާޅުވީ އެމްޑީޕީގައި ދެގޮތެއް ނުުވެ ދެމިހުންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު