ހޮނިހިރު ދުވަހު ބޭއްވީ ދެ ރައީސުންގެ އިންތިޚާބެއް ކަމަށާއި އެ އިންތިޚާބަށް ލިބުނު ތަރުހީބު ކުޑަކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހޮނިހިރު ދުވަހު ބޭއްވި ޗެއާޕާސަން އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. ފައްޔާޒު ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ. ރައީސް ސާލިޙުގެ ތާއިދާއެކު ފައްޔާޒު އިންތިޚާބުގައި ވާދަކުރެއްވިއިރު އެމަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވާދަކުރެއްވީ ޕާޓީގެ ރައީސް، ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސްބޭފުޅުންގެ ތާއިދާއެެކުއެެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިއްޔެ ބޭއްވީ ދެ ރައީސުންގެ އިންތިޚާބެއް ކަމަށާއި، ދެ ރައީސުންނަށް ވޯޓްލީ 50000 އަށް ވުރެ މަދު މީހުން ކަމަށެވެ. އިއްޔެގެ އިންތިޚާބަަށް ލިބުނު ތަރުހީބު ކުޑަ ކަމަށާއި، ރައީސް ޔާމިން ރަށްރަށައް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުންނަ މީހުންނާއި ގާތަށް ވެސް ވޯޓުލާން މީހުން ނުނިކުންނަ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
"އިއްޔެގެ އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު، ވަރަށް ފަސޭހައިން 2023 ޕީޕިއެމަށް ކާމިޔާބު ކުރެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ދަފުތަރުގައި ވޯޓްްދިނުމުގެ ހައްގު ލިބިގެންވާ 90000 އަށް ވުރެ ގިނަ މީހުން ތިބިނަމަވެސް އިއްޔެ ވޯޓްލާން ނިކުމެފައިވަނީ ގާތްގަޑަކަށް 49000 މީހުންނެވެ. އިއްޔެގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ނަތީޖާ އިން އެނގިގެންދިޔައީ ރައީސް ސޯލިހަށް އޮތް އިތުބާރު ކަމަށެވެ.
"އަޅުގަނޑު ދެކެނީ މިއީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއިއެކީ މަސައްކަތް ކުރުން ކަން ބުނެދިނުމަށް ޕާޓީގެ ހުރިހާ އިސް ލީޑަރުންނަށް އާއްމު މެމްބަރުން ދިން މެސެޖެއްގެ ގޮތުގަ." ފައްޔާޒު ވިދާޅުވިއެވެ.

Iyye beyvvee 2 Raeesunge inthihaabeh. 2 Raeesunnah vote lee 50 haahahvure madhu meehun. Tharuheebu kuda. Rahrashah RY vadaigennevumun nikunnavaraa gaathahves tharuheebeh nulibunu! Natheejaa ah balaairu varah faseyhain 2023 PPM ah kaamiyaabu kureveyne, IA. https://t.co/HCwScYPVb3
— Adam Shareef Umar (@Adamshareefz) May 15, 2022
"އިއްޔެގެ އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު، ވަރަށް ފަސޭހައިން 2023 ޕީޕިއެމަށް ކާމިޔާބު ކުރެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ދަފުތަރުގައި ވޯޓްްދިނުމުގެ ހައްގު ލިބިގެންވާ 90000 އަށް ވުރެ ގިނަ މީހުން ތިބިނަމަވެސް އިއްޔެ ވޯޓްލާން ނިކުމެފައިވަނީ ގާތްގަޑަކަށް 49000 މީހުންނެވެ. އިއްޔެގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ނަތީޖާ އިން އެނގިގެންދިޔައީ ރައީސް ސޯލިހަށް އޮތް އިތުބާރު ކަމަށެވެ.
"އަޅުގަނޑު ދެކެނީ މިއީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއިއެކީ މަސައްކަތް ކުރުން ކަން ބުނެދިނުމަށް ޕާޓީގެ ހުރިހާ އިސް ލީޑަރުންނަށް އާއްމު މެމްބަރުން ދިން މެސެޖެއްގެ ގޮތުގަ." ފައްޔާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު