އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށް ބެލެވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ޑރ. އަނާރާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުން މަގާމުތަކަށް އިންތިޚާބުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެެެވެ.
އަދާލަތު ޕާޓީގައި ކުރީގެ މެންބަރު ޑރ. އަނާރާ ވިދާޅުވީ ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ފަހު އަލިވިލުނީ 2023 ގައި ވާދަކުރައްވާނެ ބޭފުޅުންވެސް ސާފުކޮށް އެނގިގެންވާ ފަދަ ފަތިހަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށް ބެލެވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޑރ.އަނާރާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރަށްވާފައެވެ.
އިދިކޮޅު ޕީޕިއެމުން ބުނަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށެވެ. އެހެންނަަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި މެދު އެމަނިކުފާނު ވެސް ވަކި އެއްޗެއްް ވިދާޅެއް ނުވެއެެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިއުލާން ކުރަށްވާފައެވެ.

ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިޚާބަކަށްފަހު، މިއަދު އަލިމިވިލުނީ 2023 ގަ ވާދަކުރައްވާނެ ބޭފުޅުންވެސް ސާފުކޮށް އެނގިގެންދާފަދަ ފަތިހަކަށް. ކުރިއަަށްއޮތް ރިޔާސީ އިންތިޚާބުގަވެސް ވާދަކުރައްވާނެކަމަށް ބެލެވެނީ ރައީސް ޔާމީން އާއި ރައީސް ސޯލިޙު.
— Dr. Anara Naeem (@AnaraNaeem) May 15, 2022
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރަށްވާފައެވެ.
އިދިކޮޅު ޕީޕިއެމުން ބުނަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށެވެ. އެހެންނަަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި މެދު އެމަނިކުފާނު ވެސް ވަކި އެއްޗެއްް ވިދާޅެއް ނުވެއެެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި އިއުލާން ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު