އަހުމަދު މަސްނޫމް   16 މޭ 2022 - 3:36
ރާއްޖޭގެ ކުރީގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ޑިފެންޑަރު ސޮބާހު މުހައްމަދު، ސޮބާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

ސޮބާ ޕީޕީއެމަށް ސޮއިކުރި ފޯމާއި ޕީޕީއެމްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެލވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ސޮބާ މިހާރު މަސައްކަތް ކުރަނީ ކޯޗެއްގެ ގޮތުގައެވެ. ސޮބާ އަކީ 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ދިވެހި ގައުމީ ޓީމުގެ ފަހަތުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެއް ކަން ފާހަގަކޮށްލެވެއެެވެ.

ސޮބާގެ އިތުރުން އައްޑޫ ސިޓީ މީދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ އަލީ ޝަހީމް ވެސް ވަނީ މިރޭ ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ. ޝަހީމްގެ ފޯމާއި ވެސް ހަވާލުވެވަޑައިގަތީ ރައީސް ޔާމިނެެވެ.



ކިޔުންތެރިންގެ ހިޔާލު