ސަހުބާން ފަހުމީ-- ފޮޓޯ: އެމްއެމްސީ
ސަހުބާން ފަހުމީ-- ފޮޓޯ: އެމްއެމްސީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަދި އަލްހާން ފަހުމީގެ ކޮއްކޮ ޝަހުބާން ފަހުމީއަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާނަށް ވެސް ކުރެއެވެ.

އެ ތުހުމަތާއި ގުޅިގެން ފުލުހުންވަނީ ޝަހުބާނާއި ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވާން އަންގާފައެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބުދަ ދުވަހުގެ ރޭ 8:00 އަށެވެ. އޭނާގެ ބޭބެ އަލްހާން ފުލުހުންގެ ތަހުގީގަށް ހާޒިރު ކުރަނީ އަންނަ އަންގާރަ ދުވަހުއެވެ.

ފުލުހަށް ހާޒިރުވާން އަލްހާނަށް ޗިޓް ފޮނުވުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ ބަޔަކު އަޑީގައި ތިބެގެން އޭނާގެ އަގުވައްޓާލުމަށް ކަމަށެވެ.



ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިންނާއި ބޭންކްތަކުން ކުރިމަތިކުރި ދަތިކުރުންތަކާއިއެކު އަލްހާން މިހާރު ވަނީ އޭނާ ހިންގަމުން ދިޔަ އިންވެސްޓްމަންޓް ސްކީމް ހުއްޓާލައިފައެވެ. އަލްހާން ހިންގެވި ސްކީމުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އުއްމީދުކޮށް ފައިސާ އިންވެސްޓް ކުރި އެތައް ބަޔަކު އަނބުރާ ފައިސާ ނުލިބިފައި މިހާރު އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު