އަހުމަދު މަސްނޫމް   16 މޭ 2022 - 4:19
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީގެން، ރައްޔިތުންގެ އަތުން އެންމެ ބޮޑު ފައިދާ ނަގަމުންދާ ދިރާގުން ދޭ އިންޓަނެޓްގެ ހިދުމަތް ކެނޑިއްޖެއެވެ.

ރައްޔިތުންނަށް ބޮޑު އަގުގައި އިންޓަނެޓް ވިއްކައިގެން ބިލިއަނުން އާމްދަނީ ލިބޭ ދިރާގުގެ އިންޓަނެޓް ހިދުމަތް ކެނޑިފައިވާއިރު، ދިރާގުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓާއި ގޭގެއަށް ފޯރުކޮށްދޭ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު