ފ.ނިލަންދޫ: އެރަށުން ހާލު ބޮޑުވި މާލެ ގެންނަނިކޮށް ވަނީ ނިޔާވެފައި
ފ.ނިލަންދޫ: އެރަށުން ހާލު ބޮޑުވި މާލެ ގެންނަނިކޮށް ވަނީ ނިޔާވެފައި
ކުއްލިއަކަށް ހާލުދެރަވި މީހަކު ފ. ނިލަންދޫއިން މާލެ ގެންނަނިކޮށް ކަނޑުމަތީގައި މިރޭ ނިޔާވެއްޖެ އެވެ.

ކުއްލިއަކަށް ހާލު ބޮޑުވެގެން މާލެ ގެންނަނިކޮށް ކަނޑުމަތީގައި ނިޔާވީ ފ. ނިލަންދޫ ނަރުގިސްވިލާ އިސްމާއީލް ނަސީރެވެ. ނަސީރު ނިޔާވެފައިވަނީ މިރޭ 11:15 ހާއިރު އެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ނަސީރު ނިޔާވީ ހާލުބޮޑުވުމުގެ ސަބަބުން ކުއްލި ގޮތަކަށް މާލެ ގެނައުމަށް ސީއެމްބިއުލާސްގައި ދަތުރުކުރަމުންދަނިކޮށް ކަމަށެވެ. 

ނަސީރަށް ކުއްލި ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ފ.އަތޮޅު ނިލަންދޫ އަތޮޅު ހޮސްޕިޓަލަށެވެ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން ނަސީރުގެ ހާލު ސީރިއަސްވުމުން އޭނާ ވީހާ ވެސް އަވަހަކަށް މާލެ ގެންދިޔުމަށް ވަނީ ލަފާދީފައެވެ. އެހެން ނަމަވެސް ނިލަންދޫ ހޮސްޕިޓަލުގެ ސީއެމްބިއުލާންސް ހަލާކުވެފައި އޮތުމުން، ނަސީރު އެވަގުތު މާލެ ގެންދެވިފައެއް ނުވެއެވެ.

ނަސީރު މާލެ ފުރުވާލީ ކުޑަހުވަދޫ އިން ސީއެމްބިއުލާންސް ގެނެސްގެންނެެވެ. ނަސީރު ނިޔާވީ އޭނާ ގޮވައިގެން ދަތުރުކުރި ސީއެމްބިއުލާންސް މާލެ އަތޮޅަށް ވަންނަނިކޮށެވެ.

ނަސީރު މާލެ ގެނައުން ލަސްވި ސަބަބު ތަކުގެ ތެރޭގައި ދ. ކުޑަހުވަދޫއިން ސީއެމްބިއުލާންސް ގެނެސްގެން ދަތުރުކުރަން ޖެހުމާއި މި ދަތުރުގައި ފ. ފީއަލީގައި ޖައްސައި އިތުރު ބަލިމީހަކު ގެންނަން މަޑުކުރަން ޖެހުން ހިމެނެއެވެ.

ނިލަންދޫއިން ވާހަކަ ދެއްްކި މީހަކު ބުނީ އިއްޔެގެ ހަވީރާއި ހަމަޔަށް ވެސް ނަސީރުގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ހާލު ގޯސްވީ ހަމަ ކުއްލި އަކަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު