އިންޓަނެޓްގެ މަޝްހޫރު ސާޗް އިންޖިން, ގޫގުލްއިން ދަނީ ދިވެހި ބަސް ދަސްކުރަމުންކަމަށާއި، އެހެންކަމުން ގޫގުލް ޓްރާންސްލޭޓްގައި މައްސަލަތައް ހުންނާނެކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ތަރުޖަމާ ކުރާއިރު މައްސަލަތަކެއް ހުންނަކަން ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާތީއެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ ގޫގުލް ޓްރާންސްލޭޓްގައި ދިވެހިބަސް ހިމެނި ނަމަވެސް ގޫގުލް އަދިވެސް އެ ދަނީ ދިވެހިބަސް ދަސްކުރަމުންކަމަށެވެ. އަދި ލަފުޒެއް ނުވަތަ ޖުމްލައެއްގެ މާނަ ނުބައިކޮށް ތަރުޖަމާ ވާނަމަ އެ ތަރުޖަމާ ނުބައިކަމަށް ރޭޓް ކުރައްވައި ރަނގަޅު ތަރުޖަމާ ގޫގުލްއާ ޙިއްސާކޮށްދެއްވުމަށް ޔުމްނާ އެދިވަޑައިގެންނެވިއެވެ.
ޔުމްނާ ވަނީ ގޫގުލަށް ރަނގަޅު ތަރުޖަމާ ހުށަހަޅާނެ ގޮތްވެސް ކިޔައިދީފިއެވެ.
ގޫގުލް ޑިވެލޮޕަރސް ކޮންފަރެންސްގައި ގޫގުލުން ބުނީ، ދިވެއްސާއެކު އިތުރު 24 ބަހެއް މިހާރު މުޅިން އަލަށް ޓްރާންސްލޭޓް ކުރެވޭނެ ކަމަށެވެ. އަލަށް އިތުރުކުރި ބަސްބަހުން 300 މިލިއަނެއްހާ މީހުން ވާހަކަ ދައްކާ ކަމަށް ގޫގުލުން ވަނީ ބުނެފައެވެ.
އަލަށް އިތުރުކުރި ބަސްތަކާއެކު 133 ބަހަކުން މިހާރު ގޫގުލުން ޓްރާންސްލޭޓް ކުރެވޭނެއެވެ. އަލަށް އިތުރުކުރި ބަސްތަކުގެ ތެރޭގައި ދިވެހި ބަހުގެ އިތުރުން އަސަމީސް، ބޯޖްޕޫރީ، ސާންސްކްރިތު، ކުރުދިޝް ހިމެނެއެވެ.
މައިކްރޯސޮފްޓުންވެސް ދާދި ފަހުން ވަނީ ދިވެހި ބަހަށް ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދާފައެވެ.

ގޫގުލް ޓްރާންސްލޭޓްގައި ދިވެހިބަސް ހިމެނި ނަމަވެސް ގޫގުލް އަދިވެސް އެ ދަނީ ދިވެހިބަސް ދަސްކުރަމުން. ލަފުޒެއް ނުވަތަ ޖުމްލައެއްގެ މާނަ ނުބައިކޮށް ތަރުޖަމާ ވާނަމަ އެ ތަރުޖަމާ ނުބައިކަމަށް ރޭޓް ކުރައްވައި ރަނގަޅު ތަރުޖަމާ ގޫގުލްއާ ޙިއްސާކޮށްދެއްވާ.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) May 16, 2022
ރަނގަޅު ތަރުޖަމާ ހުށަހަޅާނެ ގޮތް: pic.twitter.com/oNNhuOndVY
ގޫގުލް ޑިވެލޮޕަރސް ކޮންފަރެންސްގައި ގޫގުލުން ބުނީ، ދިވެއްސާއެކު އިތުރު 24 ބަހެއް މިހާރު މުޅިން އަލަށް ޓްރާންސްލޭޓް ކުރެވޭނެ ކަމަށެވެ. އަލަށް އިތުރުކުރި ބަސްބަހުން 300 މިލިއަނެއްހާ މީހުން ވާހަކަ ދައްކާ ކަމަށް ގޫގުލުން ވަނީ ބުނެފައެވެ.
އަލަށް އިތުރުކުރި ބަސްތަކާއެކު 133 ބަހަކުން މިހާރު ގޫގުލުން ޓްރާންސްލޭޓް ކުރެވޭނެއެވެ. އަލަށް އިތުރުކުރި ބަސްތަކުގެ ތެރޭގައި ދިވެހި ބަހުގެ އިތުރުން އަސަމީސް، ބޯޖްޕޫރީ، ސާންސްކްރިތު، ކުރުދިޝް ހިމެނެއެވެ.
މައިކްރޯސޮފްޓުންވެސް ދާދި ފަހުން ވަނީ ދިވެހި ބަހަށް ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދާފައެވެ.
ކިޔުންތެރިންގެ ހިޔާލު