މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބާއި ގުޅިގެން ހުށައެޅި ހުރިހާ ޝަކުވާތަކެއް ބަލާ ނިމިފައިވާކަމަށް އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމިޓީން ހާމަކޮށްފިއެވެ.



އެމްޑީޕީން ބުނީ ހުރިހާ ޝަކުވާއެއް ބަލައި ނިމުނުއިރު ނަތީޖާއަށް އަސަރުކުރާފަދަ މައްސަލައެއް ނެތްކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ކޮމިޓީން ބުނީ އިންތިޚާބާއި ގުޅޭގޮތުން ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ޝަކުވާ ލިބިފައިވާކަމަށާއި ނަމަވެސް ނަތީޖާއަށް ބަދަލު އަންނަފަދަ ޝަކުވާއެއް ނެތްކަމަށެވެ.

އިންތިހާބު ކުރިއަށް ދިޔައިރު ބައެއް ފަރާތްތަކުން ވަނީ ބައެއް ކަހަލަ މައްސަލަތައް ސޯޝަލް މީޑިއާގައިވެސް ހާމަކޮށްފައެވެ. އެގޮތުން އެކަކު 4 ވަރަކަށް ފަހަރު ވޯޓްލުމާއި، ވޯޓް ކަރުދާސް ބަންޑެލި ވޯޓް ފޮށިން ފެނުނު ކަމަށް ބުނެ މާބޮޑު ހަގީގަތެއް ނެތް ކަންކަން ހިމެނެއެވެ. ނަމަވެސް އިންތިހާބަށްފަހު އެއްވެސް ކެނޑިޑޭޓެއް މާބޮޑު މައްސަލަތަކެއް ފާހަގަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރީ އިކޮނޮމިކް މިނސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.



ކިޔުންތެރިންގެ ހިޔާލު