ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި ހުރަވީ ބިލްޑިންގ ޢިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
35 އަހަރުވެފައިވާ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ފަށާފައިވާއިރު، އަންނަމަހު އެމަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި 1980ގެ އަހަރުތަކުގައި އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޢިމާރާތްކޮށްފައިވާ އެ ޢިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެ އިމާރާތް ތަޅާލަން އުޅުނެވެ. ނަމަވެސް އެތަނުގައި ހިންގާ އޮފީސްތައް ބަދަލުކުރަން އެހެން ތަނެއް ނެތުމުން އެކަން ނުކޮށް އޮތީއެވެ.
ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައެޅުމާއެކުވެސް ވަރަށް ފަހަކާ ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ. އެ ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހިންގިއެވެ. އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށް ފަހަކާ ޖެހެންދެން ހިންގިއެވެ. އަދި އެ ޢިމާރާތް ބޭނުންކުރަމުން އައިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.
ހުރަވީ ބިލްޑިންއަކީ ރައްކާތެރި ތަނަކަށް ނުވުމާއެކު އެ ޢިމާރާތް މިހާރު ވަނީ ހުސްކޮށް އެތަނުގައި ހިންގަމުން އައި އޮފީސްތައްވެސް އެހެން ޢިމާރާތްތަކަށް ބަދަލުކޮށްފައެވެ.
ސަރުކާރުން ނިންމާފައިވަނީ އެ ޢިމާރާތް ތަޅާލާ އެތަނުގައި ޕާކެއް ތަރައްޤީކުރުމަށެވެ. އަދި އެ ޕާކް ތަރައްޤީކުރަނީ ދުއްވާ އެއްޗެހި ޕާކް ކުރެވޭނެ އިންތިޒާމްތަކާ އެކުކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު