ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކައުންސިލަރު ޝުޖާއު އާއި ބައްދަލުކުރައްވަނީ
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކައުންސިލަރު ޝުޖާއު އާއި ބައްދަލުކުރައްވަނީ
ހުޅުމާލޭގައި ވަރަށް އަވަހަށް ލައިންސަންސް ތިއަރީ ޓެސްޓް ހެދޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ މިހެން ވިދާޅުވީ ހުޅުމާލޭ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން މާލެ ނައިސް ހުޅުމާލެ އިން ލައިންސަންސް ތިއަރީ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެކަމަނާގެ އަރިހުން އެދުމާއި ގުޅިގެންނެެވެ. އެކަން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ހުށައެޅުއްވީ ހުޅުމާލޭ ދާއިރާގެ ޕީޕިއެމް ކައުންސިލަރ އިބްރާހިމް ޝުޖާއުއެވެ.



ވަޒީރާ ބައްދަލުކުރެއްވުމަށްފަހު ޝުޖާއު ވިދާޅުވީ ‏ލަސްތަކެއްނުވެ، އެކަން ހުޅުމާލޭގައި އިންތިޒާމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަހުލާ ދެއްވާފައިވާ ކަމަަށެވެ. ޝުޖާއު ވިދާޅުވީ މާލޭ ސިޓީކައުންސިލްގެ އެހީތެރިކަމާއެކު ހުޅުމާލޭ ޑްރައިވިން ޓްރެކްގެ މަސައްކަތް ނިމި ދުއްވުމުގެ ޓެސްޓް މިހާރު ހަދަން ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭ ރައްޔިތުންނަށް މާލެ ނައިސް ހުޅުމާލެއިން ޑްރައިވިން ލައިންސަންސް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަކީ ޝުޖާއުގެ ކެމްޕޭން ވައުދެކެެވެެ. ޝުޖާއު ވަނީ އެކަން ވީހާވެސް އަވަހަކަށް ފަަށައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު