މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނު ލިބޭ 393 ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ.
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ހުޅުވާލާފައިވަނީ އެކި ދާއިރާތަކުން 720 ލޯންގެ ފުރުސަތެވެ. އޭގެ ތެރެއިން ސަރުކާރުން ދޫކުރާ ލޯނަށް ޝަރުތު ހަމަވާ 393 ދަރިވަރުންގެ ލިސްޓް މިއަދު ވަނީ އާންމުކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނަށް 1،000 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގައަށް ވުރެ އެތައް ދަރިވަރުންނެއް ކުރިމަތިލުމުން ގިނަ ދަރިވަރުން ޑިސްކޮލިފައި ވެފައިވާ ކަމަށެވެ. އެހެނާކަމުން މި ބުރުގައި ސަރުކާރުން ހަމަޖައްސާފައިވާ ޖާގައަށްވުރެ 327 ދަރިވަރުން މަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ލިސްޓަށް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ޝަކުވާތައް ބެލުމަށްފަހު ލޯން ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރާގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ލޯނު ދިން ކުދިންގެ އަދަދު ނިސްބަތުން ދަށްވީ ލޯނަށް ކުރިމަތިލި ގިނަ ކުދިންތަކެއް ޑިސްކޮލިފައިވުމުން ކަމަށެވެ. އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް 35 ހުށަހެޅުމެއް އަދި އޯ ލެވެލް/އޭ ލެވެލް ސެޓްފިކެޓްތައް ފުރިހަމަނުކޮށް ވެސް 37 ދަރިވަރުން ލޯނަށް އެދުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ކުއްޖަކު ބޭނުންވާ ކެޓަގަރީ ނޫން އެހެން ކެޓަގަރީއަކުން ލޯނު ހުށަހަޅައިގެން ވެސް އެބަތިބި ތިރީހަކަށް ވުރެ ގިނަ ކުދިން ޑިސްކޮލިފައިވެފައި،" މިނިސްޓަރު ޑރ. ހަސަން ވިދާޅުވި އެވެ.
ސަރުކާރުން ލޯނު ދީގެން މި ވަގުތު 9،054 ދަރިވަރުން ކިޔަވަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު