ޖަރުމަނުވިލާތަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު ޝާން ޝާކިރު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އައިޝަތު ޝާން ޝާކިރު އެ މަގާމަށް އައްޔަން ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ25 ވަނަ ދުވަހު އެވެ. މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް އެ ނަން ދިރާސާ ކުރަން އެ ދުވަހު ވަނީ ފޮނުވާފައެވެ.
މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި އައިޝަތު ޝާން ޝާކިރު ޖަރުމަނު ސަފީރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
އައިޝަތު ޝާން ޝާކިރަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލެވެ. 2020 ވަނަ އަހަރު އެ މަގާމަށް އޭނާ އައްޔަން ކުރި އިރު އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮޓޮކޯލްކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން އޭނާ ވަނީ ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ކަމާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު