ސަރުކާރުގެ ބަޖެޓްގެ 30 އިންސައްތަ ހޭދަވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ގުޅުން ހުރި ކަންކަން ކުރުމަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
"ގްލާސްގޯ-ޝާރމް އެލް-ޝެއިޚް ވޯރކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ރާއްޖޭގެ ސަރުކާރުގެ ބަޖެޓްގެ 30 ޕަސެންޓް ހޭދަވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ގުޅުން ހުރި ކަންކަން ކުރުމަށް ކަމަށާއި މި ކަމަށް ލިބޭ ފަންޑު ފިނިހަކަ ދުވެލީގައި ލިބިގެން އެކަން ނުކުރެވޭނެ ކަމަށެވެ.
1.5 ޑިގްރީ އާއި 2 ޑިގްރީގެ ތަފާތަކީ ރާއްޖޭގެ ތިމާވެއްޓަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް ސިޔާސީ ގޮތުން ދޭން ޖެހޭ ސަމާލުކަން ނުލިބޭ ކަމަށާއި އަދި މާލީ އިންވެސްޓްމަންޓްގެ ފެންވަރު ވެސް، އެކަށީގެންވާ މިންވަރަށް ނުހޯދޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިމަތިވާ ގޮންޖެހުންތަކަށް އެކަށީގެންވާ ގޮތަށް ފައިނޭންސަސް ނުބެލެހެއްޓޭ. މޫސުމަށް އަންނަ ބަދަލުތަކަކީ ކާރިސާއަކާއި ކުއްލި މައްސަލައެއް. އެމަގުން އެއަށް އިޖާބަދޭންޖެހޭނެ. އަޅުގަނޑުމެންނަށް ކުރިމަތިވާ ނުރައްކާތަކަށް އިޖާބަދިނުމަށްޓަކައި، އެފައިސާއަވަހަށް ދޫކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ފައިސާއާއި ވަސީލަތްތައް ހަމަޖެހެންޖެހޭ." ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ފަދައިން ސަރުކާރުން ގެންދަނީ މޫސުމީ ބަދަލުތަކަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ މުޖުތަމައުގައި މޫސުމާބެހޭ ކަންބޮޑުވުންތަކުގެ އަޑު އުފުލުމާއި އެކަންކަމަށް ފަންޑު ހޯދުމުގެ މަސައްކަތް ހިމެނެއެވެ.
މިއަދުފެށި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)، ކޮޕް26 ޕްރެސިޑެންސީ، އިންކަމިންގް ކޮޕް ޕްރެސިޑެންސީ، ޕޮލިސީ އެކްސްޕާރޓުން، އަދި ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިޑްސް އަދި ނާޒުކު ތިމާވެށިތައް އޮތް ގައުމުތަކުން މަންދޫބުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު