ކ. އަތޮޅު ރަށެއްގެ ސްކޫލަކަށް ދަރިވަރަކު މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކ. އަތޮޅު ރަށެއްގެ ސްކޫލް ކުއްޖަކު، ސްކޫލަށް މަސްތުވާތަކެތި ގެނެސްފައިވާ ކަމުގެ މައުލުމާތު މިއަދު 11:34 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު