އިންޑޮނޭޝިޔާގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 14 މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ފުލުހުން ބުނީ މިހާދިސާ ކުރިމަތިވީ ބަސް ޑްރައިވަރު މަސްތުގެ ހާލަތުގައި އިނދެ، ބަސް ކޮންޓްރޯލުން ނެއްޓި ބިލްބޯޑެއްގައި ޖެހި ބަސް އެކްސިޑެންޓުވުމުންނެވެ. އެގޮތުން މިހާދިސާގައި 14 މީހަކު މަރުވެ 19 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އަނިޔާވި މީހުންގެ ތެރެއިން ގިނަބަޔަކަށް ފަރުވާދެމުންދަނީ ކަށިގަނޑުގެ އެތަން މިތަން ބިންދައިގެންގޮސްގެން ކަމަަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ ހިނގައިފައިވަނީ މަސްތުގެ ހާލަތުގައި އިން ޑްރައިވަރެއްގެ ސަބަބުންކަމުގައި ވިޔަސް، އިންޑޮނޭޝިޔާގެ ގިނަ މަގުތައް ހަލާކުވެފައި ހުރުމުން މިފަދަ މަގުމަތީގެ ހާދިސާތައް ދިމާވަމުން އަންނަލެއް ގިނަކަމަށް އިންޑޮނޭޝިޔާގެ ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން