ކާފަދަރިޔަކު ނުލިބި މާދިގު އިންތިޒާރެއް ކުރަން ޖެހޭތީ އަމިއްލަ  ދަރިފުޅާއި ދެކޮޅަށް ދައުވާކުރި އިންޑިއާގެ ދެމަފިރިން.
ކާފަދަރިޔަކު ނުލިބި މާދިގު އިންތިޒާރެއް ކުރަން ޖެހޭތީ އަމިއްލަ ދަރިފުޅާއި ދެކޮޅަށް ދައުވާކުރި އިންޑިއާގެ ދެމަފިރިން.
ކާފަދަރިޔަކު ނުލިބި މާދިގު އިންތިޒާރެއް ކުރަން ޖެހޭތީ އިންޑިއާގެ ދެމަފިރިއަކު އެމީހުންގެ އަމިއްލަ ދަރިފުޅާއި ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ.

އުމުރުން 61 އަހަރުގެ ސަންޖީވް ރަންޖަން ޕްރަސާދް ނަމަކަށް ކިޔާ ފިރިހެނަކާއި އޭނާގެ އަންހެނުން ސާދަނާ ޕްރަސާދް، އެމީހުންގެ ފިރިހެން ދަރިފުޅާއި ދަނބިދަރިޔާއި ދެކޮޅަށް ދައުވާ ކުރަނީ މާމަ ކާފަ ކިޔާނެ ދަރިޔަކު ނުހޯދައި މާގިނަ ދުވަސް ވާތީކަމަށް ސަންޖީވް އަދި ސާދަނާ ޕްރަސާދް ހާމަކޮށްފައިވެއެވެ. އެމީހުންގެ ދައުވާގައި، އެއް އަހަރު ދުވަހުގެ ތެރޭގައި ދަރިޔަކު ހޯދުމަަށް ނުވަތަ 50 މިލިއަން އިންޑިއަން ރުޕީޒް ދެއްކުމަށް ހުށައަޅާފައިވެއެވެ.

"އަހަރެންނަށް ލިބުނު ހުރިހާއެއްޗެއް ހަރަދު ކުރީ ދަރިފުޅަށް. އެހެންވީމާ މިހާރު ބޭނުމީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މާމަ ކާފަ ކިޔާނެ ދަރިއަކު ހޯދުން ނުވަތަ ބަދަލުގައި ފައިސާ." ސަންޖީވް ޕްރަސާދް ބުންޏެވެ.

"އަހަރުމެންގެ މިއުމުރަކީ މާމަ ކާފަ ކިޔާ ދަރިޔަކު ލިބެންވީ އުމުރު. އެކަމު މިމީހުން (ފިރިހެން ދަރިފުޅާއި ދަނބިދަރި) އަހަރުމެންނާ މެދު އެއްވެސް ވަރަކަށް ނުވިސްނާ." މިކަމާ ބެހޭގޮތުން އިތުރަަށް ވާހަކަ ދައްކަމުން ސަންޖީވް ޕްރަސާދް ބުންޏެވެ.

ސަންޖީވްގެ ދެމަފިރިން ބުނީ އެމީހުންގެ ދަރިފުޅު ޕައިލެޓުކަން ކިޔަވާ ނިމުނުތަނާ ކައިވެނީގެ ކަންކަން އަވަސް ކުރީވެސް މާމަ ކާފަ ކިޔާނެ ދަރިއަކު އަވަހަށް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެމީހުންގެ ދަރިންގެ ކައިވެންޏަށް 6 އަހަރުވީއިރުވެސް ދަރިއަކު ނުހޯދި މައްސަލަ އަކީ ލިބެމުންދާ ހިތާމަ އެއްކަމަށް ސަންޖީވްގެ ދެމަފިރިން ސިފަކުރިއެވެ.

އަމިއްލަ ދަރިފުޅާއި ދަނބިދަރިފުޅާއި ދެކޮޅަށް ސަންޖީވްގެ ދެމަފިރިން ކޯޓަށް ހުށައަޅާފައިވާ މިމައްސަލަ ކޯޓުން ބަލައިގަނެފައިވާއިރު، ސަންޖީވްގެ ފިރިހެން ދަރި މިކަން ސިފަކޮށްދެމުން ބުނީ އެންމެ ބޭނުންވި ވަގުތު ލޯބި ލިބެންވީ ފަރާތްތަކުގެ ލޯބިން މަހުރޫމުވާން ޖެހުން މިއީ އެމީހުންގެ ބަދުނަސީބު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން