ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު، އަބްދުﷲ ޔާމީންގެ ހައްޔަރު ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށް ސްޕްރޭކުރި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު އިއްޔެ ހެނދުނު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލާގައި ހައްޔަރުކުރި މީހާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު