ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ ކާމިޔާބު ކުރައްވައިފިކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.

މިއިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއާއި އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާ ވާދަކުރެއްވިއިރު މި އިންތިޙާބު ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާ ކާމިޔާބުކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. ނާޒިމާއަށް 359 ވޯޓް ލިބިވަޑައިގަތްއިރު، އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓެވެ.

އެންމެ ވޯޓަކުން އިންތިހާބު ގެއްލުމުން އެމްއެންޕީން ވަނީ އިންތިޚާބުގެ ވޯޓު އަލުން ގުނައި ދިނުމަށް އެދިފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމީ ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތްކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ފާޠިމަތު ނާޒިމާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.



ކިޔުންތެރިންގެ ހިޔާލު