ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާމެދު މިހާތަނަށް ގޮތެއް ނުނިންމަވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބާއި ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި މެދު މިހާތަނަށް އައިއިރު ގޮތެއް ނުނިންމަވާކަމަށެވެ.
"އެއަކަށް އަދި އަޅުގަނޑުމެން ގޮތެއް ނުނިންމަން." ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތާއީދުކުރާ އެއް ލީޑަރުގެ ގޮތުގައި ފާހަގަވެފައިވާ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 2023ގެ އިންތިހާބާއި މެދު ވިސްނުމަށްވުރެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާއިމެދު ގިނަ ރައްޔިތުން ކަންބޮޑުވާކަމަށެވެ.
"ކީއްކުރަންތޯ 2023ގެ ވާހަކަ އަޅުގަނޑުމެން ދައްކަނީ. 2023ގައިވެސް މިހާރު މިއޮތް ހާލަތު އޮވެގެން ދިވެހިރާއްޖެއަށް ކޮން މުސްތަގްބަލެއްތޯ އޮތީ.. އެހެންވީމަ ރައްޔިތުން ވިސްނަންވީ އެކަމަށް." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި ކަންކަން ހުރި ގޮތުން ބަރުލަމާނީ ނިޒާމް ގެންނަން ތާއީދުނުކުރެވޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ބަރުލަމަނީ ގެންނަން ރާއްޖޭގައި ކަންތައްތަކެއް ފުރިހަމަވާންޖެހޭކަމަށާއި، އޭގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އޮންނަންޖެހޭކަމަށް ޔާމީން ފާހަގަކުރެއްވިއެެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެކަން ފުރިހަމަވެފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއަކީ ފައިސާއިން ހުރިހާ ކަމެއް ހިނގާ ޤައުމަކަށްވާއިރު، ބޭރު ބަޔަކު ފައިސާތަކެއް ހިފައިގެން އައިސް ވެރިކަން ބަދަލުކޮށްލުމަކީވެސް ހިނގާފާނެ ކަންކަންކަމުގައި ރައީސް ޔާމިން ވިދާޅުވިއެވެ.
"ހުރިހާ ކަމެއް ނިމިގެން މިދަނީ ފައިސާގެ ބާރުގައި.. ބަރުލަމާނީ ނިޒާމް އިންސާފުވެރިކޮށް ތަންފީޒުނުވާކަމަށްވާނަމަ، އެއް ޕާޓީ އަނެއް ޕާޓީއަށް މެމްބަރުން ބަދަލުވަންޏާ ރާއްޖޭގައި ވެރިކަމެއް ނޯންނާނެ. މުއްސަނދި ބަޔަކު އަދި އަމުދުން ބޭރުގެ ބަޔަކު، ބޭރުގެ ސަރުކާރަކަށް ވަރަށް ފަސޭހަވާނެ ރާއްޖޭގެ ވެރިކަން ވައްޓާލަން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެކަމާއި ދެކޮޅަށް ތެދުވުމަކީ ޕީޕީއެމްގެ އެކަނި ޒިންމާއެއް ނޫންކަމަށާއި، އެގޮތަށް ވިސްނާނަމަ އެއީ ދެރަކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު