އާންމުންނަށް ނޭނގި އެކި ޕާޓީތަކަށް މީހުން ވައްދަމުން ގެންދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އާދަމް ޝަރީފު މިއަދު ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާއިން ޕާޓީތަކަށް ލިބޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ މައްސަލާގައި ވަނީ މިފަދަ ކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި، ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި، އަދި އެ ފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބޭފަދަ ކަންކަން ކުރިމަތިވުމާއި ނުހައްގު މާލީ ފައިދާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
"ގާނޫނާއި ގަވާއިދާއި ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި "ވާނުވާ ނޭނގި ޕާޓީ ބަދަލުވުން" ފަދަ ކަންކަމުގެ ސަބަބުން އާންމުންނާއި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ޝަކުވާތައް އިތުރުވެ، ކަންބޮޑުވުން ފާޅުކުރަމުންދާތީވެ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން" މައްސަލަ ހުށަހެޅުއްވުމަށް މަޖިލީހަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފު ލިޔުއްވާފައިވެއެވެ.
އެ މައްސަލާގައި ބުނެފައިވަނީ، ނޭނގި ޕާޓީ ބަދަލުވުން ފަދަ ކަންކަމަކީ، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަ ކުރިމަތިވާނެ ކަމެއް ކަމެއް ކަމަށެވެ.
އާންމު ރައްޔިތުންނަށް ނޭނގި އެކި ސިޔާސީ ޕާޓީތަކަށް ވައްދައި އަދި ޕާޓީތަކުން ވަކި ކުރުމުގެ މައްސަލައަކީ ވަރަށް ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދައްކާ މައުލޫމާތާއި ޕާޓީތަކުން ގެންގުޅޭ ދަފްތަރު ތަކުގައި ވެސް ބޮޑެތި ފަރަގު އެބަހުއްޓެވެ.
އާދަމް ޝަރީފު މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ވަގަށް ޕާޓީތަކަށް މީހުން ބަދަލުކުރާ މައްސަލަ ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް އޮތީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ޕާޓީތަކަށް މީހުން ވައްދަން ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ މައުލޫމާތު އާންމު ކުރަން ނިންމާފައިވާކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

Rayyithunnah "vaanuvaa" ves angaanulai siyaasee party thakah vadhdhanee reyvigen. Ekan huttuvumah @ElectionsMv nukulhedhifaivaairu, sarukaaruge nufoozuge beynun koggen, olhuvaalaigen, vagu form hushahalhaigen baeh party thakun naajaaizu faidhaa nagaa! Mikan huttuvenjehey! pic.twitter.com/9VQuUPolsR
— Adam Shareef Umar (@Adamshareefz) May 17, 2022
އެ މައްސަލާގައި ބުނެފައިވަނީ، ނޭނގި ޕާޓީ ބަދަލުވުން ފަދަ ކަންކަމަކީ، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަ ކުރިމަތިވާނެ ކަމެއް ކަމެއް ކަމަށެވެ.
އާންމު ރައްޔިތުންނަށް ނޭނގި އެކި ސިޔާސީ ޕާޓީތަކަށް ވައްދައި އަދި ޕާޓީތަކުން ވަކި ކުރުމުގެ މައްސަލައަކީ ވަރަށް ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދައްކާ މައުލޫމާތާއި ޕާޓީތަކުން ގެންގުޅޭ ދަފްތަރު ތަކުގައި ވެސް ބޮޑެތި ފަރަގު އެބަހުއްޓެވެ.
އާދަމް ޝަރީފު މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ވަގަށް ޕާޓީތަކަށް މީހުން ބަދަލުކުރާ މައްސަލަ ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް އޮތީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ޕާޓީތަކަށް މީހުން ވައްދަން ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ މައުލޫމާތު އާންމު ކުރަން ނިންމާފައިވާކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު