ރާއްޖޭގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދަޢުލަތުގެ ބަޖެޓުގެ ހަތަރު ގުނަ ޚަރަދުކުރަންޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ އެގްޒެކެޓިވް ސެކްރެޓަރީ ހަރ އެކްސެލެންސީ ޕެޓްރީޝިއާ އެސްޕިނޯސާ، އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަަކަފުޅުގައެެވެ. މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ އެހީތެރިކަން ހޯދުމަށް ކަމަށެވެ. އެދެވޭ ގޮތެއްގައި ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދަޢުލަތުގެ ބަޖެޓުގެ ހަތަރު ގުނަ ޚަރަދުކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ އެގްޒެކެޓިވް ސެކްރެޓަރީ ހަރ އެކްސެލެންސީ ޕެޓްރީޝިއާ އެސްޕިނޯސާ، ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި އިތުބާރާއި އިޚްތިޔާރު ލިބިގެންވާ ޤައުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޮޓްލެންޑްގެ ގްލާސްގޯގައި ނިމިދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ދިވެހިރާއްޖެއިން އަޑުއުފުލާފައިވާތީ، އެ ކަމަނާ ވަނީ ދިވެހިރާއްޖެއަށް ތަޢުރީފުކުރައްވާ، މޫސުމީ ބަދަލުތަކާދެކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި ކުދި ޖަޒީރާ ޤައުމުތަކުން ހަރަކާތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ އެގްޒެކެޓިވް ސެކްރެޓަރީ ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރިޔަށްދާ "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު