އިޚުލާސްތެރިކަން އިސްކޮށް ބަހާއި އަމަލު ދިމާކޮށް މާލޭގެ ރައްޔިތުންނަށްޓަކައި ލާމަރުކަޒީ ނިޒާމް ފައްކާކުރުމަށް ސަރުކާރުން ސިޓީ ކައުންސިލާއި ބައިވެރިވުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 1އަހަރު ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެެވެ. މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 1އަހަރު ވެގެން ދިޔައިރު މަސައްކަތް ކުރެވުނީ ވަރަށް ދަތި މާހައުލެއްގައި ކަމަށެވެ.
މި ބައްދަލުވުމުގައި މޭޔަރު ވަނީ ކައުންސިލް ހިންގުމުގައި ދިމާވާ ދަތިތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ. އެގޮތުން މުވައްޒަފުން ނެގުމުގައި ދިމާވާ ހުރަސްތަކުގެ ވާހަކަ ފާހަގަކުރައްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މުވައްޒަފުން ނެގުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށެވެ. އަދި މިކަމުގައި އެލްޖީއޭއާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަން އެއީ މާލެ ސިޓީ ކައުންސިލަށް ހުރަސް އަޅާ ވަކި މުއައްސަސާއެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަ ކުރައްވާފައެވެ.
މީގެ އިތުރުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލް ހިންގުމުގައި ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކާއި އެކުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ބައްޓަންވެގެން ވަނީ ކައުންސިލްތަކަށް ލިބިދޭންޖެހޭ އެއްބާރުލުން ހުރިހާ ފަރާތްތަކުންވެސް ދީގެންކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެކަމާ މެދު ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުއްމީދުކުރަން މިކަންކަން ބަދަލުކޮށްދެއްވާނެ ކަމަށް. އިޚުލާސްތެރިކަން އިސްކުރައްވައި، ބަހާ އަމަލު ދިމާކޮށްދެއްވައި މާލޭގެ ރައްޔިތުންނަށްޓަކައި ލާމަރުކަޒީ ނިޒާމް ފައްކާކުރުމަށް އަޅުގަނޑުމެންނާއި ސަރުކާރުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.
މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ޢަމަލު ނުކުރާކަން ފާހަގަ ކުރައްވާފައެވެ.
”ސަރުކާރުގެ މުއައްސަސާތަކުން ލިބިދޭންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ބޮޑެތި ޗެލެންޖް ތަކާއި އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔަ." ނަރީޝް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި އޮތުމަކީ ކަންބޮޑުވެ ވަޑައިންނަވާ ކަމެއްކަމަށެވެ.
"ހުޅުމާލޭގެ އިހްތިޞާސް ޤާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އިހްތިޞާސީ ބާރުނުދީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފައި އޮތްއޮތުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް" ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު