މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި "މަޖީދީ ރަން"ގެ ސަބަބުން އެ ސުކޫލުގެ ތަސައްވަރު ކާމިޔާބު ކުރެވޭނެ ކަމުގެ މަލަމަތި ފެންނަން ފަށައިފި ކަމަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެެއެެވެ.
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ މަޖީދީ ރަން ބޭއްވުމުގެ މަގުސަދަކީ އެސުކޫލަށް 100 އަހަރު ފުރެންވާއިރަށް އެ ސުކޫލުން އެދޭ ކަންތައްތައް ހާސިލް ކުރުމަށް ގިނަ ބަޔަކާއެކު ގުޅިގެން މަސައްކަތް ފެށުން ކަމަށެވެ. އެގޮތުން ދުވުން ބޭއްވުމަށް މަޖީދިއްޔާގެ ތަރައްގީއަށާއި ތައުލީމަށް ލޯބިކުރާ އެތައް ފަރާތެއްގެ ޚިދުމަތް ވަރަށް ގާތުން ލިބުނުކަން އައިސްތު ވަނީ ފާހަގަކުރައްވާފައެެވެ.
"މަޖީދީ ރަންގެ ސަބަބުން އަޅުގަނޑުމެންގެ މި ތަސައްވަރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ މަލަމަތި މިވަނީ ފެންނަން ފަށާފައި." ރައީސް ސޯލިހްގެ ދައްތާފުޅު އައިސްތު ވިދާޅުވިއެވެ.
މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގެންފައެވެ. އެއަށްފަހު ރައީސް ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ. މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މި ރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވިއެވެ.

— The President's Office (@presidencymv) May 17, 2022

President @ibusolih and First Lady Fazna Ahmed attend the closing ceremony of ‘Majeedi Run,’ held as part of Majeediyya School’s 95th anniversary celebrations. The run also marks the launch of the countdown towards its 100th anniversary. pic.twitter.com/36sE6ntkDc
— The President's Office (@presidencymv) May 17, 2022
"މަޖީދީ ރަންގެ ސަބަބުން އަޅުގަނޑުމެންގެ މި ތަސައްވަރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ މަލަމަތި މިވަނީ ފެންނަން ފަށާފައި." ރައީސް ސޯލިހްގެ ދައްތާފުޅު އައިސްތު ވިދާޅުވިއެވެ.
މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގެންފައެވެ. އެއަށްފަހު ރައީސް ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ. މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މި ރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ހިޔާލު