ދިވެހި ފުލުހުންގެ ޚިދުމަތުގެ "ޕޮލިސް އޯޕަން ޑޭ 2022" މި މަހު 28 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

މި އޯޕަން ޑޭ އޮންނާނީ މެއި 28 ވަނަ ދުވަހުގެ 15:00 އިން 18:00 އަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ.



މި އޯޕަން ޑޭ ގައި، ފުލުހުންގެ މަސައްކަތު ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، އޮޕަރޭޝަނަލް ދާއިރާ، ފޮރެންސިކް ސަރވިސަސް، އިންވެސްޓިގޭޝަން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފްރާސްޓްރަކްޗަރ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.



ފުލުހުން ބުނީ އޯލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ފުލުހުންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޯޕަން ޑޭ ގައި ވަނީ ހުޅުވާލާފައި ކަމަށެވެ. އެގޮތުން، އައިޑީ ކާޑު އަދި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހިފައިގެން އަންނަ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

އޯޕަން ޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން