އުމްރާއަށް ދިއުމުގެ ފޮނި އުއްމީދުތަކާއި ހުވަފެންތައްޢ ދެކެމުން އައި ޕާކިސްތާނުގެ އަބްރާރް ހަސަން އުމްރާއަށް ދިއުމަށް ކުރި އާދަޔާ ހިލާފު ދިގު ދަތުރަކީ ތުންތުންމަތީން މިހާރު އެންމެ ގިނަބަޔަކު ދައްކަމުންދާ ވާހަކަ ކަމަށް ބޭރުގެ އެތައް މީޑިއާތަކަކުން ރިޕޯޓުކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުން ހަސަން ފެށި މިދަތުރުން އޭނާ އަމާޒު ކުރި މަންޒިލާ ހަމައަށްދެވުނީ 50 ދުވަހުންނެވެ. މިދަތުރު އޭނާ ކާމިޔާބުކޮށްފައިވަނީ ސައިކަލެއްގެ އެހީތެރިކަމާއެކުއެވެ.

މިދަތުރުގައި ތިން ކޮންޓިނެންޓެއް ހުރަސްކޮށް ހަސަނަށް މަދީނާއަށް ފޯރީ މާރޗް މަހުގެ 27 ވަނަ ދުވަހުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

"ސައިކަލެއްގެ މަތީގައި މިހާދިގުދަތުރެއް ކޮށްލުމަކީ ދުށް ވަރަށްބޮޑު ހުވަފެނެެއް. އެހުވަފެން ކާމިޔާބު މިވީ މިއަހަރު. ބުނެދޭން ނޭނގޭ މިކަން ކާމިޔާބު ކުރެވޭތީ ވާއުފާވެސް." ބޭރުގެ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ހަސަން ފާހަގަކުރިއެވެ.

ހަސަން ބުނީ މައްކާ، މަދީނާގެ މާތް ބިމުގައި ރަމަޟާން މަހުގެ ރޯދަތައް ފުރިހަމަކޮށްލަން ލިބުމީ މިދަތުރުގެ ކާމިޔާބީގެ ފޮނިކަން ތަޖުރިބާ ކޮށްލަން ލިބުންކަމަށެވެ.

އަދި މިދަތުރުގައި ފުރަތަމަ ސައުދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު، ހަސަނު ޕާކިސްތާނުން ސީދާ އުމްރާއަކަށް ކުރަމުންދިޔަ ދިގު ދަތުރުގެ ވާހަކަ ސައޫދީގެ ރައްޔިތުންނާ ހިއްސާ ކުރުމުން ލިބުނު މެހެމާންދާރީ އާއި އިހުތިރާމް ހަސަނު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. މިއާއެކު އުމްރާއަށްފަހު ހަސަނު ދަނީ ސައޫދީ އަރަބިއްޔާގެ އެކި ސިޓީތައް ބަލާލުމަށް އޭނާގެ ސައިކަލުގައި ދަތުރު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން