އިންޑިއާގެ އުތުރު އިރުމަތީ ސަރަހައްދުތަކައް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއިއެކު ކުރިމަތިވަމުންދާ ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް 12 މީހުން މަރުވެއްޖެކަމަށް އިންޑިއާގެ ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މީގެ ތެރެއިން ގިނަބަޔަކު މަރުވެފައިވަނީ އައްސާމް ސްޓޭޓުންނެވެ. އައްސާމް ސްޓޭޓުން މިހާތަނަށް 9 މީހަކު މިފެންބޮޑުވުމުގެ ކާރިސާގައި ވަނީ މަރުވެފައެވެ.

މީގެއިތުރުން މިފެންބޮޑުވުމުގެ ކާރިސާގައި އިންޑިއާގެ އުތުރު އިރުމަތީ ސަރަހައްދުގެ 27 ސްޓޭޓެއްގައި ދިރިއުޅޭ ހަލައްކައަށްވުރެއް ގިނަމީހުންނަށް އަސަރުކޮށްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިކާރިސާގެ ސަބަބުން ދަނޑުވެރިކަން ކުރަމުންދާ 46،160 ހެކްޓަރުގެ ބިންވެސް ވަނީ ހަލާކުވެފައެވެ. އަދި 48،000 އަށްވުރެއް ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން