ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ގާޑިޔާތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ގާޑިޔާތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށާފައި މިވަނީ ރޯދަމަހަށް މަޑުޖައްސާލުމަށްފަހުއެވެ.
ގަވައިދާއި ޚިލާފަށް ހިޔާ ސަރަޙައްދުގައި ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން މިދިޔަމަހު ކުރި އިއުލާނެއްގައި ވަނީ އަންގައިފައެވެ. އެޗްޑީސީން މިގޮތަށް އަންގާފައިވަނީ، އެ ސަރަޙައްދަކީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަޙައްދަކަށް ވުމާއެކު، ކާބޯތަކެތި ގެންގުޅުމުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑަށް ހުރަސްއެޅޭތީކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ގާޑިޔާތައް ނެގުމުގެ މަސައްކަތް ރޯދަމަހުގެ ތެރޭގައި މަޑުޖައްސާލާފައި އޮތުމަށްފަހު އަނެއްކާވެސް އެމަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އެ ސަރަހައްދު ހުސްކުރުމަށްފަހު މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ދަނީ ހިޔާ ސަރަޙައްދުގައި ފިހާރައާއި ކާބޯތަކެތި ވިއްކުމާއި އެކި ކަހަލަ ވިޔަފާރިތަކަށް ސްލޮޓްތައް ދޫކުރަމުންދާއިރު ރޯދަމަހާއި ދިމާކޮށް އެ ސަރަޙައްދުގައި ވަގުތީ ލޯކަލް މާރުކޭޓު ހަދައި، މާރުކޭޓުން ގޮޅިވެސް ވަނީ ދޫކޮށްފައެވެ.
އެޗް.ޑީ.ސީން މި ވަގުތީ މާރުކޭޓު ޚާއްސަކޮށްފައިވަނީ ސީދާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު