ހުރަވީ ބިލްޑިންގައި ހުރި ތަކެތި ނީލަން ކިޔަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި ހުރަވީ ބިލްޑިންގ ޢިމާރާތް ތަޅާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހުރަވީ ބިލްޑިންގައި ލަކުޑިފަތި ފުންޏާއި ލަކުޑި ބޮޑު ދޮރުފަތްތަކާއި ލަކުޑި ސިޑި އާއި ކަރަންޓު ނަރު ޖަންބޯ ފުންޏާއި ދަގަނޑު ޗެންޗޭނު ފަދަ ތަކެތި އެބަހުރިކަމަށެވެ. އަދި އެތަކެތި ނީލަން ކިޔުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ތަޅާލުމުގެ މަސައްކަތް ކުރަމުންދާ ހުރަވީ ބިލްޑިންއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި 1980ގެ އަހަރުތަކުގައި އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޢިމާރާތްކޮށްފައިވާ އިމާރާތެކެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެ އިމާރާތް ތަޅާލަން އުޅުނެވެ. ނަމަވެސް އެތަނުގައި ހިންގާ އޮފީސްތައް ބަދަލުކުރަން އެހެން ތަނެއް ނެތުމުން އެކަން ނުކޮށް އޮތީއެވެ.
ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައެޅުމާއެކުވެސް ވަރަށް ފަހަކާ ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ. އެ ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހިންގިއެވެ. އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށް ފަހަކާ ޖެހެންދެން ހިންގިއެވެ. އަދި އެ ޢިމާރާތް ބޭނުންކުރަމުން އައިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.
ހުރަވީ ބިލްޑިންއަކީ ރައްކާތެރި ތަނަކަށް ނުވުމާއެކު އެ ޢިމާރާތް މިހާރު ވަނީ ހުސްކޮށް އެތަނުގައި ހިންގަމުން އައި އޮފީސްތައްވެސް އެހެން ޢިމާރާތްތަކަށް ބަދަލުކޮށްފައެވެ.
ސަރުކާރުން ނިންމާފައިވަނީ އެ ޢިމާރާތް ތަޅާލާ އެތަނުގައި ޕާކެއް ތަރައްޤީކުރުމަށެވެ. އަދި އެ ޕާކް ތަރައްޤީކުރަނީ ދުއްވާ އެއްޗެހި ޕާކް ކުރެވޭނެ އިންތިޒާމްތަކާ އެކުކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު