އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓީބީ ބޭސް ހަދިޔާކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތް ރަތިޝްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރުއެވެ.

މިއީ ރާއްޖެއިން 2025 ވަނަ އަހަރަށް ޓީބީގެ ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އެހީއެއް ދިނުމުގެ ގޮތުން އިންޑިއާއިން ފޯރުކޮށްދިން އެހީއެކެވެ.

އިންޑިއާއިން ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27000 ވުރެ ގިނަ ބޭސް ގުޅަ ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސްވެސް ހިމެނެއެވެ.

އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކޮށްފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމްގެ ސްޓޮކްއިންކަމަށް ސަރުކާރުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު