ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ގއ. ކޮނޑޭގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންތަށްތަށް ކޮށްދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި އެ ރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސާއި ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުކުރެއްވުގައި ކޮނޑޭ ކައުންސިލުގެ މެންބަރުން ވަނީ ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި އެރަށުގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކޮށް ސަރުކާރާއި ރައީސް ސާލިޙަށް ޝުކުރު އަދާކޮށްފައެވެ.
ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީގެ 5 މަޝްރޫޢެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ އަދި މިހާރުވެސް 4 މަޝްރޫޢުއެއްގެ މަސައްކަތް ކުރިޔަށްދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެރަށާއި އެސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުންނާއި އެ ރަށަށް ވޮލީކޯޓެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުން ކައުންސިލަރުން ރައީސާއި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ކޮނޑޭގެ ތަރައްޤީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. އެ ގޮތުން ކޮނޑޭ ސްކޫލްގެ 4 ކްލާސް ރޫމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ރައީސް ސާލިޙު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލުން އެދުނު ކަންކަމުގައި މިހާރުން މިހާރަށް ކުރެވެންހުރި ކަންކަން ބައްލަވައި އެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ސަރުކާރުން ބުނެފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވުމުގައި ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު