ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލާ ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި މުޒާހަރާ ފަށާފައިވަނީ ޕީޕީއެމްގެ މައި އޮފީސް ކުރިމަތިންނެެވެ. އެ މުޒާހަރާ މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކަން ހުއްޓުވާފައެެވެ. މިރޭގެ މުޒާހަރާ މއިން ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.
ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.
ރައީސްގެ ގަރާރާ ގުޅިގެން އިންޑިއާ އައުޓް ހަރަކާތާ ގުޅޭ ކަންކަން ހުއްޓުވުމަށް ފުލުުހުން ވަނީ މަސައްކަތް ފަށާފައެވެ. ފުލުހުން އަންނަނީ އެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް އުޅޭ ފަރާތްތައް ހައްޔަރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު