މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ޑިރެކްޓަރުންގެ ބޯޑު އިންތިހާބުކޮށްފިއެވެ.

މިޖަލްސާ އޮތޯ ކުރުނބާ މޯލްޑިވްސްގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ މުޅިއަކު 556 ހިއްސާދާރުންނެވެ. އަދި މި ބޭފުޅުން ތަމްސީލްކުރެއްވީ މުޅިއަކު 5629805 ހިއްސާއެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހޮވިވަޑައިގެންނެވި ޑިރެކްޓަރުންނަކީ،

1- މުހައްމަދު ފަހީމް (ޗެއަރޕަރސަން، ނޮން އެގްޒެކެޓވ ޑރެކްޓަރ)

2- އާދަމް އާޒމް ޗީފް އެގްޒެކެޓިވް އޮފިސަރ، އެގްޒެކެޓިވް ޑިރެކްޓަރ)

3- ޝާހިދު ހުސައިން މޫސާ ޗީފް އޮޕަރޭޓިންގ އޮފިސަރ، އެގްޒެކެޓިވ ޑިރެކްޓަރ)

4- ސިނާން އަލީ (ނޮން އެގްޒެކްޓިކް ޑިރެކްޓަރ)

5- މުޙައްމަދު ފަރީދު (ނޮން-އެގްޒެކެޓިވ ޑިރެކްޓަރ)

އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުން

6- މުޙައްމަދު އިމްރާން އަދުނާން، / މ. މެއިންޒް، ކ.މާލެ (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ)

7- ނަސްރަތު މުޙައްމަދު (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ)



އެމްޓީސީސީގެ އަހަރީ ޖަލްސާގައި ވަނީ މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަށް ތިން ރުފިޔާ ފަންސާސް ލާރި ބެހުމަށް ނިންމާފައެވެ. އަދި ކުންފުނީގެ 2021 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ސީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު