ތެލަށްޖެހި ދަތުރުފަތުރުގެ ނިޒާމަށް ބުރޫއެރުމުން މިއަދުން ފެށިގެން ލަންކާގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސްކޫލްތައް ބަންދު ކުރަން ނިންމަން މަޖުބޫރުވީ އިގުތިސާދީ ހާލަތު ގޯސްވެފައިވާ ލަންކާގައި ތެލަށްޖެހި ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި، ސްކޫލްތަކަށް ކުދިން ފޮނުވުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތި ލާންޖެހުމުންކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ސަރުކާރުގެ ސްކޫލްތަކާއި، ސަރުކާރު ބަލައިގަންނަ އަމިއްލަ ސްކޫލްތަކުގައި އެއްވެސް ގްރޭޑެއްގައި ކިޔަވައިދިނުން ކުރިއަށް ނުގެންދާނެކަމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އަދި ދެން ސްކޫލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުކަމަށްވެސް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ނަމަވެސް ޖީސީއީ އޯލެވެލް އިމްތިޙާނު ޝެޑިއުލް ކުރެވިފައިވާގޮތަށް ކުރިއަށްދާނެކަމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. ލަންކާގައި ޖީސީއީ އޯލެވެލް އިމްތިޙާނު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއިމަހުގެ 23 ން އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހާއި ހަމަ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން