ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުންނަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި ޔޫތް ލީޑަރސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވީ ބިނާކުރުމަށް ޔޫތް ލީޑާރސް ނެޓްވޯކްގެ ނަމުގައި ފޯރަމްތައް ހިންގަނީ ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ. އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ ބައެއްކަމުގައި ހަދައިގެން މެނުވީ ޤައުމަށް ރަނގަޅު މުސްތަޤްބަލެއް ނުލިބޭނެކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން އެއްވެ އައިސްމިތިބީ މިބޭފުޅުންނަށް ލިބިފައިވާ އިލްމަކާއި ހުނަރެއް ރައްދުކޮށްދިނުމަށް. މާދަމާއަށްޓަކައި އަޅުގަނޑުމެންގެ މިރަށަށް ތިޔަކުދިންގެ ރަށްތަކަށް އަތޮޅަށް މުޅި ޤައުމަށް ތިޔަކުދިންގެ ފަރާތުން ކޮށްދެއްވޭނެ ބޮޑަތިވެގެންވާ ޚިދުމަތްތަކެއް ކޮށްދިނުމަށް ތިޔަ ޒުވާނުން ތައްޔާރުކޮށްދިނުމަށް" މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ދެއްކެވި ވާހަކަފުޅުގައި ވަނީ ށ. އަތޮޅުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން މިފަދަ ފޯރަމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މިލަންދޫގައި ޔޫތް ލީޑާރސް ފޯރަމާއި ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ. އަދި މި ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.
ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްސީލްކުރާ ނެޓްވޯކެކެވެ.

ޤައުމެއްގެ މުސްތަގުބަލް ބިނާވެފައިވަނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދައިގަ ވަރު ހުރި މިންވަރެއްގެ މައްޗަށް - މިނިސްޓަރ އިމްރާން ޢަބްދުﷲ pic.twitter.com/P935MuuaeJ
— Home Ministry, MV (@HomeMinistrymv) May 20, 2022
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ދެއްކެވި ވާހަކަފުޅުގައި ވަނީ ށ. އަތޮޅުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން މިފަދަ ފޯރަމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މިލަންދޫގައި ޔޫތް ލީޑާރސް ފޯރަމާއި ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ. އަދި މި ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.
ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްސީލްކުރާ ނެޓްވޯކެކެވެ.
ކިޔުންތެރިންގެ ހިޔާލު