ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވާތީ އެމްނެސްޓީ އިންޓަނޭޝަނަލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންޑިއާ އައުޓްގެ ނަމުގައި މުޒާހަރާތަކާއި ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން، ފުލުހުން ދަނީ އެފަދަ އެއްވުންތައް ރޫޅާލައި އެހަރަކާތް ރަމްޒުކޮށްދޭ ލިއުންތަކާއި މަންޒަރުތައް ވެސް ބޭނުން ކުރުން މަނާކޮށް ނަގަމުންނެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ރީޖަނަލް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދާ ފަރާތްތައް ހުއްޓުވައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅަމުންދާކަމުގެ ރިޕޯޓްތަކާއި މަންޒަރުތައް ލިބެމުންދާކަމަށާއި، އެއީ އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ. މީގެއިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ނެރުނު ގަރާރާއިމެދު ކަންބޮޑުވުވާކަމަށްވެސް އެމްނެސްޓީން ބުންޏެވެ.
އެމްނެސްޓީގެ ޓްވީޓްގައި ވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވަނީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ ތަހުގީގުކުރުމަށްވެސް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.
ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީން އަނެއްކާވެސް ވަނީ އިންޑިއާ އައުޓް ކެމްޕޭން ފަށާފައެވެ. އެގޮތުން އެނަމުގައި ކުރިއަށް ގެންދާ މުޒާހަރާތައް ފުލުހުންގެންދަނީ ރޫޅާލައި ހުއްޓުވަމުންނެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކުރެއެވެ.
ރައީސްގެ ގަރާރަކުން މިކަން ހުއްޓުވަން އެންގީ ދިވެހީންގެ ދިރިއުޅުމާއި އާންމު މުހުތާދުތަކާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހީންގެ އަވަށްޓެރި އަދި އެކުވެރި ގައުމަކާއިމެދު ނަފުރަތު އުފެދި ދެގައުމުގެ ގުޅުންތަކަށް ބުރޫއަރައި ގައުމީ ސަލާމަތަށް ވެސް ނުރައްކާވާ ހާލަތަށް އެހަރަކާތުގެ ކަންކަން އިދިކޮޅުން ގެންދިއުމުން ކަމަށް ސަރުކާރުން ބުނެއެވެ.

We are deeply concerned by reports and visuals of crackdown on peaceful protestors and journalists in the Maldives and a recent decree restricting the right to protest in the country in the pretext of containing threats to national security posed by the "India Out" campaign. 1/2 https://t.co/Zoo9KeuIew
— Amnesty International South Asia (@amnestysasia) May 20, 2022
އެމްނެސްޓީގެ ޓްވީޓްގައި ވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވަނީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ ތަހުގީގުކުރުމަށްވެސް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.
ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީން އަނެއްކާވެސް ވަނީ އިންޑިއާ އައުޓް ކެމްޕޭން ފަށާފައެވެ. އެގޮތުން އެނަމުގައި ކުރިއަށް ގެންދާ މުޒާހަރާތައް ފުލުހުންގެންދަނީ ރޫޅާލައި ހުއްޓުވަމުންނެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކުރެއެވެ.
ރައީސްގެ ގަރާރަކުން މިކަން ހުއްޓުވަން އެންގީ ދިވެހީންގެ ދިރިއުޅުމާއި އާންމު މުހުތާދުތަކާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހީންގެ އަވަށްޓެރި އަދި އެކުވެރި ގައުމަކާއިމެދު ނަފުރަތު އުފެދި ދެގައުމުގެ ގުޅުންތަކަށް ބުރޫއަރައި ގައުމީ ސަލާމަތަށް ވެސް ނުރައްކާވާ ހާލަތަށް އެހަރަކާތުގެ ކަންކަން އިދިކޮޅުން ގެންދިއުމުން ކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު