އައްޑޫސިޓީ، ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރު ފަހުކޮޅު ފަށާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިއަދުބުނީ، ގަން އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބެންކުގެ ފަރާތުން މިއަދު ފަށާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާއިގުޅޭ އަދާހަމަ މައުލޫމާތު ދެމުން މިނިސްޓްރީން ބުނެފައިވަނީ، އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައި ފަސިންޖަރ ޓާމިނަލް ތަރައްގީ ކުރާނެކަމަށެވެ.
މީގެ އިތުރުން، އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއްވެސް އިމާރާތް ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން، އެއަރޕޯޓު ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށްވީހިނދު، އެ އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.
އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަން އަދި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގުތިސާދު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު