އިންޑިއާ އައުޓް ކެމްޕޭން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް މިރޭ އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.
އިންޑިއާ އައުޓް ކެމްޕޭން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބުނެ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް މިރޭ ފުލުހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެެވެ.
އެމައްސަލައިގައި މީގެ އެއް ދުވަސް ކުރިން މުހައްމަދު އިސްމާއިލް ހައްޔަރުކުރި ނަމަވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ކޯޓުން މުހައްމަދު އިސްމާއިލް ދޫކޮށްލީ އޭނާ ހައްޔަރުކުރިއިރު ފުލުހުން ކޯޓު އަމުރުގެ ކޮޕީ އެއް އޭނާއަށް ދީފައިނުވާތީ އެއީ ގާނޫނާއި ޚިލާފު ހައްޔަރެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.
މުހައްމަދު އިސްމާއީލުގެ އިތުރުން މިމަހުގެ 18 ވަނަ ދުވަހު ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ޓަކަނޭ) ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި ޓަކަނޭގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު