ރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ މެދުގައި އޮތީ މާ ގާތް ގުޅުމެއް ކަމަށް އެގައުމުގެ ކުރީގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެެ.
ނަމާލް މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެެވެ. ދިވެހި ބަހުން ކުރެއްވި ޓުވީޓެެއްގައި ލަންކާގެ ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން މާ ގާތް ކަމަށެވެ.
އެގޮތުން އުނދަގޫ ވަގުތުތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވަމުން އަންނަކަމަށް ނަމާލް ވިދާޅުވިއެވެ.
"ލަންކާއަށް ބޭރުގެ އެހީ ހޯދައިދޭން ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެކަމަށް އުފާކުރަން." ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ވިދާޅުވި އެވެ.
ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު މިއަދު ވަނީ އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރަމަދާސައާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަދި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވަނީ ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެެވެ.
ލަންކާ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މިހާރުގެ ހާލަތުން އަރައިގަތުމަށް ލަންކާއަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.

🇲🇻 🇱🇰 އޮންނަ ރަހްމަތްތެރިކަމުގެ ގުޅުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން މާ ގާތް.އުނދަގޫ ވަގުތުތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވަމު.ލަންކާއަށް ބޭރުގެ އެހީ ހޯދައިދޭން ރައީސް @MohamedNasheed ހުށަހެޅުއްވުމުން އެކަމަށް އުފާކުރަން pic.twitter.com/WP7pK4zUMt
— Namal Rajapaksa (@RajapaksaNamal) May 21, 2022
"ލަންކާއަށް ބޭރުގެ އެހީ ހޯދައިދޭން ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެކަމަށް އުފާކުރަން." ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ވިދާޅުވި އެވެ.
ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު މިއަދު ވަނީ އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރަމަދާސައާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަދި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވަނީ ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެެވެ.
ލަންކާ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މިހާރުގެ ހާލަތުން އަރައިގަތުމަށް ލަންކާއަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.
ކިޔުންތެރިންގެ ހިޔާލު