ގއ. ވިލިނގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް އެރަށު ބަނދަރު ނެރުގައި ޖެހި ހިނގި ހާދިސާއެއްގައި 2 މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، 5 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ލޯންޗުގައި ތިބި 2 މީހަކު ކަނޑަށް ވެއްޓި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ގެއްލުނު ދެމީހުން ފަހުން ފެނިފައިވާކަމަށާއި އެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެއިތުރުން ލޯންޗްގައިތިބި އިތުރު 3 މީހަކަށް އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު ވިދާޅުވީ، މި ހާދިސާގައި އެ ލޯންޗްގައި ތިބި 2 މީހަކު ނިޔާވެފައިވާއިރު ދެން ތިބި 3 މީހުންގެ ހާލުވެސް ވަރަށް ސީރިއަސްކަމަށެވެ.



ވިޝާލް ވިދާޅުވީ، އެމީހުން އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަކަމަށެވެ.



މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ، ދޫރެސް މިސްބާހު މުހްސިން އާއި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއު އެވެެ.



ކިޔުންތެރިންގެ ހިޔާލު